މި ސަރުކާރަށް އިންތިހާބުތައް ކާމިޔާބުކުރެވޭނީ "ގަނެގެން" ކަމަށާއި 400 މިލިއަން ރުފިޔާ ހޯދަނީ އެކަމަށް ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ޕީއެންއެފްގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރީގެ ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަށް އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ތާއީދު ހޯދައިގެން ނޫންކަމަށާއި، ފައިސާ ދީގެން "ގަނެގެން" ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު 400 މިލިއަން ރުފިޔާ ހޯދަމުންދަނީ ކައިރި މުސްތަގުބަލެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށްކަމަށް ޔާމިން ތުހުމަތުކުރެެއްވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، މި ސަރުކާރުން މިހާރު 400 މިލިއަން ރުފިޔާ ހޯދައިގެން މިހުރިހާ ކަމެއް މި ކުރަނީ ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނާތީކަމުގައި ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި ތިބެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައިވާއިރު، ރައްޔިތުންނަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ބަހައިގެން، ރައީސް މުއިއްޒާ ވާދަކުރަން އޮތީ އެމްޑީޕީ ކަމަށެވެ. ނަމަވެސް، ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ އެހާ ބައިވަރު ފައިސާއެއް ހުރި ޕާޓީއެއް ނޫންކަމަށާއި، 400 މިލިއަން ރުފިޔާ ހޯދައިގެން އިންތިޚާބުގައި ވާދަކުރުމުގެ ގާބިލިއްޔަތު އެމީހުންނަށް ލިބިގެންނުވާނެ ކަމަށެވެ.
"މުއިއްޒާ ވާދަކުރާ 400 މިލިއަންގެ ބައިކުޅަ ބައި އެމީހުން ނޯންނާނެ. އެމީހުން އެ ފައިސާއެއް ނެތް. އެކަމަކު އެމީހުންނަށް ގޮނޑިއަށް ވާދަކުރެވޭނެ. ނެތް 400 މިލިއަން އަކަށް ބަހާލައިގެން [އެމްޑީޕީއަކުން] ނޫޅޭނެ ވާދަކުރާކަށް 400 މިލިއަން ހޯދާކަށެއް." ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރާއްޖެތެރޭގައި ވެސް އަދި މާލޭގައި ވެސް މި ސަރުކާރަށް އެއްވެސް ތާއީދެއް ނެތްކަމަށެވެ. އެހެންކަމުން، ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރުމަށް "ގަނެގެން" މަސައްކަތް ކުރަމުންދާ ކަމަށާއި، އިންތިޚާބެއް ވިން ކުރެވެން މި އަންނަނީ ވެސް ގަނެގެން ކަމަށެވެ.
މި ސަރުކާރު މިހާރު އުޅެނީ "ހަނީމޫން ޕީރިއަޑުގެ" ތެރޭގައި ކަމަށް ވިދާޅުވެ، ޔާމީން ވަނީ ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކޮށްލަން ނުކެރިގެން ސަރުކާރުން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. ސަރުކާރުން ކިތަންމެ ވަރަކަށް އަށްޑިހަ ޕަސެންޓު ނަގާނަމޭ ބުންޏަސް، އަށްޑިހަ ޕަސެންޓު ނަގާނެ ކަމަށް ޔަގީނެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"ކައިރިވެސް ނުވާނެ ކަން އެނގޭތީ 400 މިލިއަން މީހުން ދަންނާނީ ދާރި ބަހަން ގުޅީ ވީމާ ތެދެންމެ ޑިމޮކްރަސީގައި ހުއްދަ ކަންކަން އެހެރީ އެކަމަކު އެއީ ލަދު ހުތުރު ކަންތައް." ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ލޯތްބާއި ތާއީދާ އެޖެންޑާއެއް ވިއްކައިގެން ކުރާ ކަމަށް ވާނަމަ މިކަން ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އަދި އިތުރަށް 400 މިލިއަން ހޯދަންޏާ އެމްޑީޕީއަށް ވާދަކުރަން އުނދަގޫވާނެ ކަމަށް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު