މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން 2 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މިހާރު ފަރުވާދެމުންދާ ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު