މަރްޔަމް ނަހްދާ ވަޙީދު   9 ޖުލައި 2025 - 17:43
ގުޖުރާތުގެ ބުރިޖެއް ވެއްޓުން
ގުޖުރާތުގެ ބުރިޖެއް ވެއްޓުން
އަވައްޓެރި އިންޑިއާގެ ގުޖުރާތުގެ އަވަށެއްގެ ކޯރެއްގެ މަތިން އަޅާފައިވާ ބުރިޖެއް ވެއްޓުނު ހާދިސާގައި 10 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ބުރިޖަކީ 40 އަހަރުވެފައިވާ އަނަންދު އާއި ވަޑޯދަރާ ގުޅުވައިދޭ މުހިންމު ބްރިޖެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ މީހުން ގިނަވި ގަޑީގައި، ބުރިޖުގެ ކޮންކްރީޓު ސްލެބަށް ބަރުވުމުގެ ސަބަބުން ބައެއް ވެއްޓުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހާދިސާ ހިނގި ވަގުތު ދެ ޓްރަކާއި، އެއް އެސް.ޔޫ.ވީ އާއި، އެއް ޕިކަޕާއި، އެއް އޮޓޯ-ރިކްޝާ ފަދަ އުޅަނދުތައް ކޯރަށް ވެއްޓިފައިވެއެވެ. އަދި ޚާދިސާ ހިނގުމުގެ ކުރިން ބުރިޖުން ބާރަށް އަޑެއް އިވުނުކަމަށް ޚާދިސާ ދެކުނު މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހުންގެ ހަށިގަނޑު ހޯދާފައިވާއިރު، ފުރާނަ ސަމާލަތްކުރުމަށް 6 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި އިތުރު މީހުން ހޯދަމުންދާތީ މަރުގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު