ދިވެހި އެތުލީޓުން ހަދާ ރެކޯޑްތައް ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަންނަ ފެންވަރަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކް ޒަމާނީ ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް މި ޓްރެކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަން ސަރުކާރުން ހާމަކުރެއްވީ، ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ވަޒީރުންނާ ސުވާލުކުރުމުގެ "އަހާ" ފޯރަމުގައެވެ. މިކަން އިއުލާންކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
އެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކަށް ފެތޭ ތަނަކަށް ނުވާތީ، ދިވެހި ކުޅުންތެރިން އެތަނުގައި ގާއިމުކުރާ ރެކޯޑްތައް ވޯލްޑް އެތުލެޓިކްސްއިން ބަލައިނުގަންނަ ކަމަށެވެ. އެހެންކަމުން، މި ބަދަލާއެކު ރާއްޖޭގެ އެތުލީޓުން ކުރާ ބުރަ މަސައްކަތުގެ އަގު ބައިނަލްއަގުވާމީ ފެންވަރުގައި ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ޓްރެކް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އޯޑަރުކޮށްފައި ކަމަށާއި، ތަނުގެ ތަފުސީލީ ކުރެހުންތައް ވެސް އެއްކޮށް ނިމިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ސަރުކާރުގެ އަމާޒަކީ މި މަހު ފެށި މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، އެތުލީޓުންނަށް ރަސްމީކޮށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ކިޔުންތެރިންގެ ހިޔާލު