ދިވެހި ޙައްޖުވެރިން އެއާޕޯޓުގައި
ދިވެހި ޙައްޖުވެރިން އެއާޕޯޓުގައި
ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕް މިއަދު ހެނދުނު ސަޢުދީއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޙައްޖުވެރިންގެ 3 ވަނަ ގުރޫޕް ފުރާފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާ ބޯޓުގައި ކަމަށެވެ.

މި ފްލައިޓުން 252 މީހުން ފުރާފައިވާއިރު މި ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ މެންދުރު 12:55 ގައެވެ.

ރާއްޖޭގެ 3 ވަނަ ގްރޫޕް މިއަދު ފުރާފައިވާއިރު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިއަދު ވިދާޅުވެފައިވަނީ، އެއާޕޯޓްގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި، އޮމާންކަމާއެކު ހާޖީންގެ ފުރުން ކުރިއަށް ގޮސްފައިވާ ކަމަށެވެ.

“ރާއްޖެއާއި މައްކާރޫޓް އިނިޝިއޭޓިވްގެ ސައުދީ މަންދޫބުންގެ ވެސް ބައިވެރިވުމާއެކު ހާޖީންގެ ދަތުރު ފަސޭހަ.” ވަޒީރު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން ޙައްޖުވެރިން ބަހާލާފައިވަނީ ޖުމްލަ 4 ގްރޫޕަކަށެވެ. ހައްޖުވެރިންގެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުއެވެ.

މިއަހަރު ޙައްޖުވެރިން ސަޢުދީއަށް ދަތުރު ކުރަނީ ސަޢުދީ އެއަލައިންގެ އިތުރަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގައެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ދިވެހި ހައްޖުވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު