ޝާން މުހައްމަދު   20 ފެބްރުއަރީ 2025 - 16:45
މިއަހަރުގެ ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެ އިދާރާއިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބްގެ އިތުރުން ވެސް ކަމާ ގުޅުން ހުރި މުހިންމު މައުލޫމާތު ދޭން ޖެހޭ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު