ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ލައިޓް ޖެހުމަށްޓަކައި މިއަހަރު 28 މިލިއަން ރުފިޔާ ހަރަދުކުރަން ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބުނު 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމަށް 28 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވި، މި ލައިޓްތަކަކީ ހަމައެކަނި އީދުގެ ތިން ދުވަހަށް ބޭނުންކުރާ އެއްޗެހިތަކެއް ނޫން ކަމަށެވެ. ބައެއް ރަށްތަކުން ޖުލައި 26 އާއި ޤައުމީ ދުވަސް ފަދަ ހާއްސަ ދުވަސްތަކުގައިވެސް މި ލައިޓްތަކުގެ އެކި ބައިތައް ބޭނުންކޮށްގެން ރަށް ދިއްލާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ތަހުޒީބު، ރީތިކަމަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެއް ކަމަށެވެ. އަދި އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އީދާ ދިމާކޮށް މިހާރު ގެންނަން މި އުޅޭ ލައިޓްތައް ފުރަތަމަ ތައާރަފްވީ 2018 ވަނަ އަހަރުގައި ވެރިރަށް މާލެއަށެވެ. އޭރު ރައީސް މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލެ ވަނީ އީދު ލައިޓްތަކުން ޒީނަތްތެރިކޮށްފައެވެ. މި މަޝްރޫޢުގެ ކާމިޔާބާއެކު، ފާއިތުވި އަހަރުތަކުގައި ގިނަ ރަށްތަކަކުން ވަނީ މި ޚިދުމަތް ލިބުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު