"ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވަރކްސް" ގައި ރާއްޖޭން ބައިވުމުގެ ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދުނިޔޭގެ 181 ގައުމަކުން ސޮއިކޮށްފައިވާ ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުން ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
1886 ވަނަ އަހަރު ސްވިޒަލޭންޑްގެ ބާންގައި ބޭއްވި ޑިޕްލޮމެޓިކް ކޮންފަރެންސްގައި ގައުމުތަކުން ސޮއިކުރި އެ މުއާހަދާގައި ސާކް ގައުމުތަކުގެ ތެރެއިން މިހާތަނަށް ބައިވެރިވެފައިނުވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެ މުއާހަދާގައި މިހާތަނަށް ބައިވެރިނުވަނީ ދިވެހިރާއްޖޭގެ އިތުުރުން އީރާން، އިރާގު އަދި މިއަންމާއެވެ.
މި މުއާހަދާއަށް އަދަބީ އަދި ފަންނީ އުފެއްދުންތައް ހިމާޔަތްކުރުމަށްޓަކައި ގައުމުތަކުގެ ސަރުކާރުތައް ތަމުސީލުކުރާ ޔޫނިއަނެއް އުފެއްދުުމުގެ އިހުތިޔާރު ވަނީ ދީފައެވެ. އެ ޔޫނިއަންގެ ނަމަކީ "ބާން ޔޫނިއަން" އެވެ.
މިހާރު ރާއްޖޭގައި އޮތް ގާނޫނީ ނިޒާމުން މިފަދަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް، ގާނޫނީގޮތުން ހިމާޔަތް ލިބިދެވެނީ، ކޮޕީރައިޓްސްއާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ މެދުވެރިކޮށް ރާއްޖޭގައި އެކަންޏެވެ.
ބާން ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވުމުން އެ މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކުން، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް ދިވެހި އުފެއްދުންތަކަށް ލިބުމުގެ އިތުރުން، ދިވެހި އުފެއްދުންތައް އެހެން ގައުމުތަކުގައި ބޭނުންކުރުމަށް ރޯޔަލްޓީއެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސަރުކާރުން ބުނާ ގޮތުން މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ އަދަބީ އަދި ފަންނީ އުފެއްދުންތައް ހިމާޔަތްކޮށްދޭ ބައިނަލްއަގުވާކީ ނިޒާމެއްގައި އެ މުއާހަދާގައި ބައިވެރިވުމުން ސަގާފީ ގޮތުންނާއި މުނިފޫހިފިލުވުމާއި ހަބަރު ފެތުރުމުގެ ދާއިރާއިން ނުވަތަ ޓެކްނޮލޮޖީ ބަދަލުކުރުމުގެ ދާއިރާއިން އެހެން ގައުމުތަކާ މުއާމަލާތް ކުރުމާއި މައުލޫމާތާއި ހުނަރު ބަދަލުކުރުމަށް ފަސޭހަތަކެއް ލިބިގަނެ އިތުބާރު އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު