ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ އިސް ޝޭހަކަށް ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލް ހަމަޖައްސައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ 1446 ވަނަ އަހަރު ރާއްޖޭގެ ޙައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބު ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލް ކަމަށެވެ.
ހައްޖު މޫސުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުވަމުންދާއިރު ހައްޖު ކޯޕަރޭޝަނުން ވެސް ދަނީ މިކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިއްޔެ ވަނީ މޯލްޑިވިއަންއާ އެކު ހައްޖުވެރިންގެ ދަތުރު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން މި އަހަރު ހައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ބޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު