އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ އުތުރުގެ އަތޮޅެއްގެ ރަށެއްގައި ކަމަށެވެ. އެގޮތުން އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްްޔަރުކޮށްފައި ނުވާ ކަަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު