ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ސައިޓެއް ހަދަން ނިންމައިފި އެވެ.

އެ މަސައްކަތް ކުރުމަށްޓަކައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެކުލަވާލި އީއައިއޭ ރިޕޯޓްގައި ބުނީ މިއީ އެމްްއެމްޕީއާރުސީއާއި އެމްޓީސީސީ އަދި ކުޑަގިރި ބަލަަހައްޓަމުންދާ އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން ކުޑަގިރި ކައިރިއަށް ފައްތާނީ ބާވެ "ޑީކޮމިޝަން"ކޮށްފައިވާ ދެ މަތިންދާ ބޯޓުކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ ދެ ބޯޓު ފެއްތުމަށްޓަކައި އެ ސަރަަހައްދު ސާފުކޮށްފައިވާ އިރު ދެ ބޯޓު މިވަގުތު އޮތީ ތިލަފުށީގަ އެވެ.

އެހެންް ނަމަވެސް ބޯޓު ގެންގޮސް ފެއްތުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ޖިސްމާނީ ގޮތުންނާއި ސިއްހީ ގޮތުން ނުރައްކާވުމުގެ ފުރުސަތު އޮތުމުން އެކަމަށް ތައްޔާރުވެ މީހުން ތަމްރީންކުރަން އީއައިއޭ ރިޕޯޓްގައި ބުނެފައި ވެއެވެ

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަތިންދާބޯޓު ފައްތައިގެން ޑައިވް ސައިޓްތައް ފައްކާކޮށްފައި ވެއެވެ.

ކުޑަ ގިރިއަކީ ނިމިގެން ދިޔަ ސަރުކާރުގައި މާލޭގެ މީހުން ދަތުރު ދިއުމަށް ހިއްކައިގެން ހެދި ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު