ބިދޭސީންގެ ޑާޓާބޭސް އަދާހަމަ ކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ އޮޕަރޭޝަން ކުރަނގީގެ ދަށުން ބައެއް ރިސޯޓުތަކުގައި ތިބި ބިދޭސީންގެ މައުލޫމާތު ނެގުން މި ހަފްތާ ބަންދުގައި ކުރަން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ރޭ ބުނީ، މި މަހުގެ 13، 14 އަދި 15 ގައި ޖުމުލަ 13 ރިސޯޓެއްގައި މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ކަމަށާއި ޕްރޮގްރާމްގައި އެ މިނިސްޓްރީގެ މުވައްޒަފުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ވެސް ހިމެނޭހެން ޖުމުލަ 56 މީހަކު އެކަމުގައި ހަރަކާތްތެރިވާނެކަމަށެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ބިދޭސީންގެ ޑާޓާބޭސް އަބަދުވެސް އަދާހަމަކޮށް ކައުންސިލްތަކަށް ވެސް ފެންނާނެހެން ބެހެއްޓުމަށްޓަކައި މި ސަރުކާރުން ފެށި އޮޕަރޭޝަންގެ ދަށުން މިދިޔަ އަހަރު ނިމުންއިރު ޖުމުލަ 59 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ނަގާ ނިންމާފައިވެއެވެ.
އަދި މި ހިނގާ އަހަރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގާ ނިމޭނެކަމަށް ރައީސް ޑރ.، މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވެސް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 24،540 ބިދޭސީންގެ މައުލޫމާތު ނަގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު