މަސްވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުން ބޭރަށް ނުދާ ކަމަށާއި، މަހުގެ އަގު އޮތީ އެމަނިކުފާނުގެ ވައުދުގެ ތެރޭގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ރައީސް މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެެ.

މަސް ކިލޯއަކަށް 20 ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއް ދިނުމަކީ ރައީސްގެ ވައުދެކެވެ. އެވައުދާއި ގުޅޭގޮތުން މެމްބަރު އަހްމަދު ދީދީ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސްގެ ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ވައުދުވެވަޑައިގެންނެވި ވަރަށްވުރެ ބޮޑު އަގެއް މިހާރުވެސް މިފްކޯއިން ދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަޅުބިލަމަހާ ދޭތެރޭގައި ރައީސްގެ ވައުދުފުޅެއް އެއްބައޮތް ކަމަށާއި، މަހުގެ އަގު ފްލޯޓް ކުރެވިފައިވާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވައުދުން ބޭރަށް ނުދާ ކަމަށާއި، މަހުގެ އަގު އޮތީ އެވައުދުގެ ތެރޭގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައީސް ކަނޑައެޅުއްވި ނުވަތަ ވައުދުވެވަޑައިގެންނެވި އަގަށްވުރެ ރަނގަޅު އަގެއް ދިނުމުގެ ފުރުސަތު ކުންފުނިތަކަށް އޮންނާނެ ކަމަށެވެ. އެގޮތުން އެ ފުރުސަތު މިފްކޯއަށްވެސް އޮންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު