ރާއްޖޭގެ ކޮންމެ ފަސް އަންހެނެއްގެ ތެރެއިން އެކަކަށް، ބައިވެރިޔާގެ ފަރާތުން ޖިންސީ އަނިޔާ ލިބޭކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިޖްތިމާއީ ވުޒާރާއިން ބުނީ ޖިންސީ އަނިޔާގެ 80 އިންސައްތައަށް ވުރެ ގިނަ މައްސަލަތަކުގައި އަނިޔާކުރާ ފަރާތަކީ ބައިވެރިއެއް، އާއިލާ މީހެއް، ރައްޓެއްސެއް ނުވަތަ އަވައްޓެރިއެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ ރާއްޖޭގައި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން އެކަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ލިބޭ ކަމަށާއި ޒާތީ ގުޅުމެއްގައި އުޅޭ ނުވަތަ އުޅެފައިވާ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން މީގައި ހިމެނޭ ކަމަށެވެ.
މުޅި ދުނިޔެއަށް ބަލާލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާކުރާ ފަރާތަކީ ގިނަފަހަރު އަނިޔާ ލިބޭ ފަރާތް ދަންނަ ނުވަތަ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހެއް ކަމަށް ވުޒާރާއިން ބުނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނައީ މިފަދަ މައްސަލަތައް ކަމަށްވެސް އިޖްތިމާއީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި، އަންހެނުންނަށް ކުރާ އަނިޔާގެ ތެރެއިން ޒާތީ ގޮތުން ގުޅިފައިވާ ބައިވެރިއެއްގެ ފަރާތުން އަނިޔާލިބުމުގެ ހިރާސް ބޮޑު ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު