ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮތް ޚާއްސަ މަޖިލީހެއް ނުވަތަ ސެނެޓެއް ރާއްޖޭގައި އޮންނަންޖެހޭ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު، އަދި ކުރީގެ މަޖިލިސް މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޚާއްސަ މަޖިލީހެއް އޮންނަންޖެހޭ ކަމަށެވެ. އަދި ޚާއްސަ މަޖިލީހެއް ކުރީގައި އެކުލަވާލާފައި އޮންނަނީ ދިވެހީންގެ ތެރޭގައި ކަންކަން ހިނގާގޮތާއި ބާރު އޮތް މީހާ ކަންކުރާ އުސޫލަށް ބަލައިފައި ކަމަށް ޢަލީ ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮންނަ ޚާއްސަ މަޖިލީހެއް ނުވަތަ މަތީ މަޖިލީހެއް އޮންނަން ޖެހޭ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނީ ވަކީލު އަލީ ޙުސައިން ވިދާޅުވީ ރާއްޖޭގައި އެންމެ ބާރުގަދަ ވާނީ ގާނޫނުއަސާސީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް ރައްޔިތުންގެ މަޖިލީހަކަށް ވެސް އަދި ކޯޓުތަކަށް ވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުތިބެވޭނެ ކަމަށް އަލީ ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ހިލާފަށް ގާނޫނެއް ނުހެދޭނެ ކަމަށާއި އަދި އެފަދަ އިސްލާހެއް ގާނޫނުއަސާސީއަށް ނުވެސް ގެނެވޭނެ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.
ދާދިފަހުން މަޖިލީހުން ވަނީ ޤާނޫނު އަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިހާރު ވަނީ ހުށައަޅާފައެވެ.
އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ. ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ އެ އިސްލާހު ގެެނެސްފައިވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، އެ އިސްލާހު ބާތިލުކޮށްދޭން އެދި އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު