ފުލުހުންނަށް ހުށަހެޅޭ ސީރިއަސް ބޮޑެތި މައްސަލަތައް ވަރަށް ރަނގަޅަށް ތަހުގީގު ކުރާ ކަމަށާއި އާދައިގެ ކުދި މައްސަލަތަކުގައިވެސް އެ ނަތީޖާ ނެރެންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ތަހުޤީޤު ތަކަށް ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ސީޕީ ވިދާޅުވީ ފުލުހުންނަށް ހުށަައެޅޭ ސީރިއަސް ބޮޑެތި މައްސަލަތައް ވަރަށް ރަނގަޅަށް ތަހުގީގުކުރާ ކަމަށެވެ. އަދި އެމައްސަލަތަކަކީ ފުލުހުންނަށް ހުށައެޅޭ މައްސަލަތަކަށް ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށް ސީޕީ ވިދާޅުވިއެވެެ.
"އެހެންވީމަ ޚާއްސަ މައްސަލަތަކުގައި އަޅުގަނޑުމެން ފުލުހުން އެންގޭޖްވާގޮތަށް އެ ކޮމިޓްމަންޓާ އެއްކޮށް އެކަހަލަ ނަތީޖާ އެއް އެބަޖެހޭ އެންމެ އާދައިގެ ކުދި ކުދި މައްސަލަތަކުގައި ވެސް ނެރެވެން. އެއީ އަޅުގަނޑުމެން އަމިއްލަ އަށް އެއީ ކުޑަ މައްސަލައެއް ގޮތުގައި ދެކިގެން އެއަށް ދޭންޖެހޭ ސަމާލުކަން ނުދިނީމަ އެ ޝަކުވާތައް އެބައާދޭ،" ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގައި ވާނުވާ ނޭގޭ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރަށްވައި ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރު ޝުޖާޢު ވިދާޅުވީ، ފުލުހުންގެ ތަހުޤީޤުތަކުގެ ފެންވަރު ރަނގަޅުކޮށް އެތަހުޤީޤުތައް އިތުބާރު ހިފޭ ރައްޔިތުން ގަބޫލުކުރާ ގޮތަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ސީޕީ ވިދާޅުވީ ފުލުހުންނަށް ހުށަައެޅޭ މައްސަލަތައް ތަހުގީގުކުރާ އޮފިސަރު ނުވަތަ އައިއޯ އާއި މައްސަލަ ހުށައެޅޭ ފަރާތާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ 14 ދުވަހަކުން އެއްފަހަރު މައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންދެވިފައިވާ އައިއޯ މައްސަލަ ހުށައަޅާ ފަރާތަށް ކުރިއަށް އޮތްތަނުގައި އަންގަންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެެވެ.
"އައިއޯ އިން އެގޮތަށް ޕްރެކްޓިސް ކުރާނަމަ ދެ ފަހަރަކު ނުޖެހޭނެ އެއް ޖަވާބެއް ދޭކަށެއް، އެހެންވީމަ ދެން އަންނަ 14 ދުވަހެއްގައި އަނެއްކާވެސް އެކޭސް ނުވަތަ އެ ތަހުޤީޤުގައި ފުރިހަމަކޮށްލަންޖެހޭ ކަމެއް އެކަން ކޮށްލާފައި ދެން ގުޅާނީ އޭގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންގެ ތެރޭގައި ހުށައެޅޭ މައްސަލަތަކުގައި މިހާރު މި ނަގާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔުން،" ސީޕީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޤާނޫނުގައި އޮތްގޮތުން މިހާރު އައިއޯ އިންގެ ގޮތުގައި މަސައްކަތް ކުރެވެނީ ޑިޕޮލްމާ ފެންވަރުގެ ފަރާތްތަކަށް އެކަނި ކަމަށާއި އެކަމުގެ ސަބަބުން އައިއޯ އިން ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެެ. އަދި ފުލުހުންގެ އައިއޯ އިން ގޮތުގައި މީގެ ކުރިން މަސައްކަތް ކުރި ފަރާތްތައް އައިއޯ އިންގެ ގޮތުގައި މަސައްކަތް ނުކުރެވޭތީ ތަހުޤީޤު ކުރުމުގެ ހުއްދަ އޮންނަ އޮފިސަރުންނަށް ނިސްބަތުން ޖެހޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު