ކިޔެވުމުގައި ނަތީޖާ ދަށް ޒުވާނުން ޕޮލިހާއި ސިފައިންގެ ޚިދުމަތަށް ވައްދަން ފަށާ ޕްރޮގުރާމަކީ ތަރައްޤީގެ މަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މަޢުމޫނު ރޭ ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިޔާއިން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވީ ސުކޫލު ނިންމާ ނަތިޖާ ދަށް ޒުވާނުން ޕޮލިހާ ސިފައިންގެ އަށް ވައްދަން ސަރުކާރުން ފަށާ ޕްރޮގުރާމަކީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށެވެ. އަދި ސަރުކާރުގެ އެ ޕްރޮގުރާމަކީ ވަރަށް ޤައުމީ، ވަތަނީ ތަރައްޤީޤެ މަގަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

"މިއީ ދިވެހި ހުރިހާ ޒުވާނުންނަށް ވެސް އިތުރު ފުރުޞަތުތަކެއް ހޯއްދަވައިދެއްވާ ދޮރެއް، ކުރިއަށް ދިޔުމުގެ ޖާގަ ހޯއްދަވައިދެއްވާ މަގެއް،" މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ސިފައިންގެ ޚިދުމަތާއި ގުޅޭ ޒުވާނުންނަށް ސޮކްލަޝިޕްގެ ފުރުސަތުތަކުގެ ތެރެއިން ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް ސިފައިންގެ ތެރޭގައި ޑޮކުޓަރުންނާއިި ނަރުހުންނާއި އިންޖިނިއަރުންނާއި އެހެން ދާއިރާތަކުން ކިޔަވައިގެން ތިބި ފަހުލަވާނުން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސިފައިންގެ ފައުޖު ދެ ގުނަވެގެން ދާއިރު ޤައުމަށް ޚިދުމަތް ކުރަން ތައްޔާރަށް ތިބި ގިނަ ޒުވާނުންތަކެއް ސިފައިންގެ ޚިދުމަތާއި ގުޅެން ބޭނުންވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެމްއެންޑީއެފްގެ ޤާބިލުކަން ދެގުނަ ތިން ގުނަ ވެގެންދާއިރު މިކަހަލަ ކިޔަވައިގެން ތިބި ޤައުމަށް ޚިދުމަތް ކުރަން ތައްޔާރަށް ތިބި ޒުވާނުންތަކެއް ބޭނުންވޭ، އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިލެއްވި ފުރުޞަތަކީ ކެރޭ ދިވެހި ޒުވާނުންނަށް ތަޢުލީމު ހާސިލުކޮށްގެން ޤައުމަށްޓަކައި ޚިދުމަތްކޮށް ވިދާލަން ހުޅުވައިދެއްވި ފުރުޞަތެއް،" މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

ކިޔެވުމުގެ ފުރުސަތު ނެތް، އަދި ވަޒީފާއެއްވެސް ނެތް ޒުވާނުން ޕޮލިހާއި ސިފައިންގެ ޚިދުމަތާ ގުޅެން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު އިއުލާންކުރެއްވީ ޖުމުހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރުވާ ގޮތަށް، ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު