މަރާމާތަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް)ގެ ކޯސްޓްގާޑްގެ "ހުރަވީ" ބޯޓު އިންޑިއާގައި ބަނދަރު ކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ "ހުރަވީ" ބޯޓު މަރާމާތަށް މިހާރު އެ ގައުމުގެ މުމްބައީގައި ހުންނަ ނޭވަލް ޑޮކްޔާޑަށް ބަނދަރުކޮށްފައިވާ ކަމަށެވެ.
އަވަށްޓެރި އިންޑިއާ ސަރުކާރުން ހަދިޔާކުރި "ހުރަވީ" މަރާމާތު ކުރުމުގެ މަސައްކަތަކަށް ހަތަރު މިލިއަން ޑޮލަރު އަރާނެއެވެ. އަދި އެ ފައިސާ ހަރަދުކުރަނީ އިންޑިއާގެ ސަރުކާރުން ކަމަށް ވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
މި އުޅަނދު ހިލޭ މަރާމާތު ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާ ކުރައްވައި އެއްބަސްވި ކަންކަމުގެ ތެރޭގައެވެ.
ދެގައުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ނިންމީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން "ހުރަވީ" ހިލޭ މަރާމާތުކޮށް ދިނުމަށެވެ. މީގެކުރިން ވެސް އިންޑިއާގެ ހިލޭ އެހީގައި ކޯސްޓްގާޑްގެ "ހުރަވީ" ބޯޓު ވަނީ މަރާމާތުކޮށްފައެވެ. އާންމު ގޮތެއްގައި އެއިން ކޮންމެ މަރާމާތަކަށް ހަތަރު މިލިއަން ޑޮލަރު ހަރަދުކުރެއެވެ.
ސިފައިންގެ ކޯސްޓުގާޑުން މިހާރު ބޭނުންކުރާ "ހުރަވީ" އަކީ އެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ. އިންޑިއާ އިން ވަނީ އޭގެ ކުރިން "ހުރަވީ" ގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އުޅަނދު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އިންޑިއާގެ ކޯސްޓްގާޑުން މި އުޅަނދު ރާއްޖެއާ ހަވާލުކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ ދެ އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިޔާގެ ހިލޭ އެހީގައެވެ.

ކިޔުންތެރިންގެ ހިޔާލު