ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ގުޅިފައިވާ އަރަބި އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު ސަޢޫދީ ޢަރަބިއްޔާއަށް މިއަދު ވަޑައިގަތުމުން ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރިޔާޟް ސަރަޙައްދުގެ ގަވަރުނަރުގެ ނާއިބު، ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.
ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ނިންމި ގުޅިފައިވާ އަރަބި އިސްލާމީ ސަމިޓުގެ ނިންމުންތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު