މިއަހަރު އެކަނި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 1984 އެނދު އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަސައްކަތް ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުން ކަމަށާއި އެކަން ޑިސެންބަރު މަހުގެ ތެރޭގައި ހާސިލްވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު އެކަނި ވެސް ޓޫރިޒަމް ދާއިރާއަށް 1984 އެނދު އިތުރުކޮށްފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން މުހިންމު އެވޯޑްތަކެއް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރަށްވައި ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
"މިހާރު ވެސް މަތީ އެވޯޑްތައް އާންމުކޮށް ލިބޭ އެވޯޑްތައް މިހާރު ވެސް ލިބެމުން އެދަނީ، އިންޑިޔަން އޯޝަން ޑެސްޓިނޭޝަން އެވޯޑާއި ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި އަލަށް ގްރީން ޑެސްޓިނޭޝަން އެވޯޑް ވެސް ރާއްޖެއަށް ވަނީ ލިބިފައި އަދި އިރާދަކުރެއްވިއްޔާ އިންޓަނޭޝަލް އެވޯޑްތަކަށް ވެސް ރާއްޖެ ވަނީ ނޮމިނޭޓްވެފައި" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު