ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ މެޑިކަލް ޓީމަކުން ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށްގެންދާ ލޮލުގެ ކޭމްޕްގެ ތެރެއިން މިހާތަނަށް 60 މީހުން ސާޖަރީ ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިހާރު ކުރިޔަށްދާ މި ކޭމްޕާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވީ، ޗައިނާ ޑޮކްޓަރުންގެ ސާޖާރީތަކަށް ފަހު އެތައް ބައެއްގެ ލޮލުގެ ފެނުމަށް ރަނގަޅު ބަދަލުތަކެއް އައުމަކީ އުފާވާ ކަމެއް ކަމަށެވެ.
ސަފީރު ވަން ލީޝިން ވިދާޅުވިގޮތުގައި ވޭތުވެެދިޔަ ތިން ދުވަހުގެ ތެރޭގައި ޗައިނާގެ ޑޮކްޓަރުން ވަނީ 60 އެއްހާ ދިވެހިންގެ ލޮލުގެ ސާޖަރީތައް ކޮށްފައެވެ.
މި ކޭމްޕްގައި ހިމެނޭ ޑޮކްޓަރުންނާއި ބައްދަލު ކުރައްވަން ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ވަޑައިގެން ޑޮކްޓަރުންނާއި ބައްދަލު ކުރައްވާފައެވެ.
ސަފީރު ވިދާޅުވީ 2016 ވަނަ އަހަރު ޗައިނާގެ ބްރައިޓް ޖާނީ ކޭމްޕް ރާއްޖޭގައި ފެށި ފަހުން މިހާތަނަށް 5000 މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ. އަދި މިހާތަނަށް 600 އަށްވުރެ ގިނަ މީހުންގެ ސާޖަރީތައް ކޮށްފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު