ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ދައުވާކުރި 3 މީހަކު ކޯޓުން މިނިވަން ވެއްޖެއެވެ.

ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށް ގުރޫޕަކުން އައިސް ޒަރީރަށް ހަމަލާދީ ގައިގައި ތަޅައި އަނިޔާތަކެއް ދިނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ، ތ. ކިނބިދޫ، ދީފްރަމްގޭ މުހައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާއިމް މުހައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް އަބްދުﷲގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އެ ކޯޓުންވަނީ މި މައްސަލާގައި ދައުލަތުން ކުށް ސާބިތުވާވަރަށް ހެކި ހުށަހަޅާފައި ނުވާތީ އަވްޝަމާއި މުލާއިމްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.

ދެން މި މައްސަލާގައި ހިމެނޭ އަބްދުﷲ މިނިވަންކުރަން ހުކުމްކުރީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ޒަރީރުގެ ހެކިބަހުގައި ވިދާޅުވެފައިވާތީއާއި އިތުރު ހެކި ނެތިގެންކަމަށް ކޯޓުންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު