ސަރުކާރުން އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާއެކު ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން މި ފަހުން ވަނީ އެނދުމަތިނުކޮށް ދެވޭ ފަރުވާއަށް އަމިއްލަ އިންޝުރެންސުން ކަނޑާގޮތަށް އާސަންދައިން ޚިދުމަތްދޭ ގޮތުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެކަން ތަންފީޒު ކުރަން ފަށާފަައެވެ. ހެލްތު އެކްސްޕޯ 2024 ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޒިމް ވިދާޅުވީ ސަރުކާރުގެ ހިލޭ ބޭސްފަރުވާ ދޭ ނިޒާމް، އާސަންދައަށް ބަދަލުތައް ގެނެސް އެނިޒާމް ހަރުދަނާކޮށްގެން ނޫނީ ސިއްހީ ނިޒާމްގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަށް އެންމެ ރަނގަޅުގޮތުގައި ފުރިހަމަކޮށް ނުދެވޭނެ ކަމަށެވެ. އަދި އެއީ އެކަން ބަލައި ހޯދާ ކޮންމެ މީހަކަށް ގަބޫލުކުރެވޭ ހަގީގަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެހަގީގަތްތަކުގެ މަތީގައި އާސަންދަ އަށް ބަދަލުތައް ގެނެސް ރައީސް މުޢިއްޒުގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނުގެ ލަފަޔާއި އިރުޝާދާއެކު މިހާރު އެކަންކަން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ އާސަންދަ އަށް ގެންނަ ބަދަލުތަކާއި އެކު ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ނިޒާމަކަށް އެނިޒާމް ވެގެންދާނެކަމަށެވެ. އަދި އެ ބަދަލުތަކާއެކު ރައްޔިތުންނަށް ބަރުހެލިކަމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ކަށަވަރު ކޮށްދޭން ބޭނުންވަނީ ޔަގީންކޮށްދޭން ބޭނުންވަނީ މި ނިޒާމަށް އަންނަ ޓްރާންސްފޯމޭޝަނަކުން ނުވަތަ ރިފޯމަކުން ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނާންނާނެ، އެ އިންޝުއަރެންސް ސްކީމްގެ ތެރެއިން ބޭނުންވާ ފަރާތްތަކަަށް އެ ނިޒާމްގެ ތެރެއިން އެންމެ ރަނގަޅު ފައިދާ ލިބި އަޅުގަނޑުމެންގެ މި ނިޒާމްގައި މިހާރު ހުރި ލޫޕް ހޯލްސްތައް ބަންދުކުރެވި ރައްޔިތުންގެ ފައިސާއިން އެންމެ ރަނގަޅު ގޮތުގައި އެކަމަށް ޚަރަދުކުރެވޭ ނިޒާމަކަށް އެނިޒާމް ވެގެން ނޫނީ އަޅުގަނޑުމެންނަށް އެނިޒާމް ދެމެހެއްޓޭކަށް ނެތް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލަށް ސަރުކާރުން ބަދަލު ގެނައީ ދައުލަތުގެ ޚަރަދުކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަން ފާހަގަކުރެވެއެވެ. އާސަންދައިން ކުރަމުންދާ ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެއަށް ލަފާދީފައެވެ.
އެ ބަދަލުތަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔުމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނީ އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ކަނޑާ ނުލާ ކަމަށެވެ. އަދި އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު އައި އެންމެ މުހިންމު ބަދަލަކީ އެއްފަހަރާ ދެ އިންޝުއަރެންސް ސްކީމެއް ބޭނުން ނުކުރެވުން ކަމަށް އެންސްޕާ އިން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު