ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި މި އާލާތްތަކާ ހަވާލުވުމަށް ދިވެހި ޚާރިޖިއްޔާއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޚާރިޖީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޗައިނާއިން ހަދިޔާކުރި އާލާތްތަކުގެ ސަބަބުން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަގު ފަހިވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށް ޗައިނާއިން ވެދެއްވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވެ އެގައުމުން ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރި 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕަކީ ލެނޮވޯ ބްރޭންޑްގެ އާލާތްތަކެއް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު