މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށްޓަކައި އެހީތެރިކަން ލިބޭ ސްކީމެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ކުރައްވަމުގެންދަވާ ކަމަށާއި، އެކަންކަން ފުރިހަމަވުމުން، އެ ސްކީމް ވެސް އިއުލާންކުރަށްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުގެ ބައެއް ތަފްޞީލުތައް ހާމަކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިހުރި ގޯތިތައް ހަވާލުކޮށް ނިމިފައިވާކަމަށެވެ. އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ނިމުމުން އެތަނުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު