ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަަށަން ތައްޔާރުވެއްޖެއެވެ.
ރާއްޖެތެރޭގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްދޭ ދެވަނަ ރަށަށް ކުޑަހުވަދޫ ވެގެންދާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ މާދަމާ ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށާނެ ކަމަށެވެ.
ޑީއެންއާރުން ބުނީ އެ ޚިދުމަތް ދޭނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާ އެކީގައި ކަމަށެވެ. އެރަށުގައި އައިޑީ ކާޑުގެ ޚިދުމަތް ފައްޓަވައި ދެއްވާނީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން އެ ޚިދުމަތް މާލެއިން ބޭރުން ދޭން ފެށި ފުރަތަމަ ރަށަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ. އެ ރަށުގައި އެ ޚިދުމަތް ތައާރަފުކުރީ ސެޕްޓެމްބަރު 19 ގައެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ފުރަތަމަ ފެއްޓީ 1984 ގައެވެ. އޭރު އެ މަސައްކަތް ކުރީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އޭގެ ފަހުން 11 ނޮވެންބަރު 1993 ގައި އެތަނުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އަށް ބަދަލުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު