ރާއްޖެއަށް ކުއްލި ނުރައްކަލެއް އައުމަކީ އަބަދުވެސް ދިމާވެދާނެ ކަމެއް ކަމަށާއި އެކަމަށް އަބަދުވެސް ދިވެހިން ތިބެން ވާނީ ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެެވެ. ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ރައްޔިތުން އަބަދުވެސް ތިބެންވާނީ ހޭލާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ލިބިދޭ އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާފަދަ އަޒުމެއްގައި ހިފެހެއްޓުމުގެ މުހިއްމުކަން ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދިޔަ ނަމަވެސް ގައުމީ ވަހުދަތަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ އުސޫލުތަކަކީ އަބަދުވެސް ސިޔާސީ ކަންކަމަށް ވުރެ އިސްކަންދޭންޖެހޭނެ އުސޫލުތަކެއް ކަމަށާއި ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގަމުންދިޔައިރު ވެސް ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތައް ކަމަށެެވެ. އެގޮތުން ސަރުކާރާއި މެދު ހިތްހަމަނުޖެހިފައި ބަޔަކު ތިބި ނަމަވެސް އެ ދުވަހު އެންމެން ވެސް ތިބީ ސަރުކާރާއެކު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

Former President Uz @maumoonagayoom and Madam Nasreena Ibrahim attend the official ceremony to commemorate the Victory Day of the Maldives.
— The President's Office (@presidencymv) November 3, 2024
Former President Uz Maumoon Abdul Gayoom (G.O.D.R.G) was the President of the Maldives during the terrorist attack on November 3, 1988. pic.twitter.com/K5cw5cNAdV
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާ އިން ލިބިދޭ އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާފަދަ އަޒުމެއްގައި ހިފެހެއްޓުމުގެ މުހިއްމުކަން ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދިޔަ ނަމަވެސް ގައުމީ ވަހުދަތަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ އުސޫލުތަކަކީ އަބަދުވެސް ސިޔާސީ ކަންކަމަށް ވުރެ އިސްކަންދޭންޖެހޭނެ އުސޫލުތަކެއް ކަމަށާއި ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގަމުންދިޔައިރު ވެސް ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތައް ކަމަށެެވެ. އެގޮތުން ސަރުކާރާއި މެދު ހިތްހަމަނުޖެހިފައި ބަޔަކު ތިބި ނަމަވެސް އެ ދުވަހު އެންމެން ވެސް ތިބީ ސަރުކާރާއެކު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު