މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ފަޅީގައި ތިބެ އެތައް ކަމެއް ހައްލުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޮޅު ހިޔާ"ގެ ނަމުގައި ޤާއިމުކޮށްްފައިވާ ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދޭން މަސައްކަތް ކުރައްވާނެކަމަށާއި އެގޮތުން މިހާރުވެސް މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ މަގުންކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރައްވާ ސަރުކާރެއްކަމަށެވެ. އަދި މިކަމުގައި ދެވަނަ ވިސްނުމެއް ނެތްކަމަށާއި ހުރިހާ ކަމެއްވެސް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާއި އިންތިހާބުވެފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބައިވެރިވުން ހޯއްދަވާނެ ކަމަށެވެ.
"އެތަށް ދުވަހެއްވީ އަތްލާން ނުކެރިފައި ހުރި އެތައް ކަމެއް ބާރުގަދަ އެތައް ބަޔެއްގެ ބާރުގެ ދަށުގެ ތެރޭގައި ތަޅުލެވިފައި ހުރި އެތައް ކަމެއް ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން މިދަނީ ހައްލުކުރަމުން، ކުރިއަށް އޮތްތާގައި ދާނީ ހަމަ އެހެން އެކަމުގައި އަޅުގަނޑުމެންގެ ނެތް ދެވަނަ ވިސްނުމެއް ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ކުރާނީ އެހެން ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުންގެ އިހުސާސާއި ވިންދު ދެނެގަނެގެން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު