ޕީއެންސީގެ އެތެރޭގެ އިންތިހާބު ދެވަނަ ފަހަރަށް ފަސްކުރަން އެ ޕާޓީން ނިންމައިފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ހަމަަޖެއްސީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީހު ފަހުން ވަނީ ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.

ޕީއެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަހަށް ފަސްކުރީ ޖުމްހޫރީ ދުވަހާއި ގުޅިގެން މިމަހުގެ 10 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރާނެތީ، މި މަހުގެ 9 ވަނަ ދުވަހު އިންތިހާބު ބާއްވައިފިނަމަ މެންބަރުންނަށް ވޯޓުލުމަށް ދަތިވާނެތީ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އަދި އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނާއި ޕާޓީގެ މެންބަރުންގެ އެދެމުގެ މަތިން ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު