އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބަޖެޓު ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މިނިސްޓަރު މިއަދު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދެވެ.

ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި ކެޕިޓަލް ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ.

އެއާއެކު ބަޖެޓު ޑެފިސިޓްވާނީ 9.4 ބިލިއަން ރުފިޔާއިން ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން އެކަމަށް ބަޖެޓުން 4.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު