އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަންބަރުތައް ހާމަކޮށް އެތަކެތި ނަގަން ސިޓީ ކައުންސިލުން އަންގައިފިއެވެ.

މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އެތަކެތީގެ ވެރިފަރާތްތަކަށް އަންގާފައެވެ.

މިފަހަރު ކައުންސިލުން އަންގާފައި ވަނީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ "މޭރީ ބްރައުން" ކުރިމަތިން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށެވެ. ކައުންސިލުން ބުނީ މި އުޅަނދުތައް ނަގަން އެންގީ އެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

ކައުންސިލުން ބުނީ މި އުޅަނދުތަކަކީ ކައުންސިލުން ވަގުތީ ގޮތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ގާއިމުކޮށްފައިވާ ޕާކިން ޒޯނުގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ.

މި އުޅަނދުތަކުގެ ސަބަބުން އެ ޕާކިން ޒޯނުގެ ބޭނުން އާންމު ފަރާތްތަކަށް ނުހިފޭކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުން އަންނަ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ މި އުޅަނދުތައް ނަގަން އެ ތަކެތީގެ ވެރިފަރާތްތަކަށް އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ ކައުންސިލުން އެ ތަކެތި ނަގާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކައުންސިލުން މި އުޅަނދުތައް ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް ނުނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު