އެންމެ ރީތި މީހުންނަކީ ﷲއާއި ރަސޫލާއަށް ކިޔަމަންވާ މީހުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެފަދައިން ވިދާޅުވިއިރު ދިވެއްސަކު މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެ މުބާރާތުގައި ބައިވެރިވުން ސަރުކާރުން ވެސް ކުށްވެރިކޮށްފައިވާ އިރު ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ﷲ ރުހިވަޑައިނުގަންނަވާ ގޮތަށް ހަށިގަނޑު ހާމަކޮށް ދީނާއި ގައުމަށް ލިބޭނެ ރީތި ނަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ އެ މެސެޖު މިނިސްޓަރ ޝަހީމް ވަނީ ރީޕޯސްޓްކުރައްވާފައެވެ.
ޝަހީމް "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ "ރީތި" މީހުންނަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވާ މީހުން ކަމަށެވެ.
"އެބައި މީހުންނަށް ﷲ ވަނީ އިންސާނަކަށް ތަސައްވުރު ވެސް ނުކުރެވޭ ވަރުގެ މަތިވެތި ދަރަޖައާއި އިނާމް ކަނޑައަޅުއްވާފަ. އެއީ މަތިވެރިވެގެންވާ ސުވަރުގެ." މިިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު