މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން 6000 އަށްވުރެ ގިނަ ޕްރޮގްރާމްތައް އޮޑިޓްކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ އެމްކިއުއޭއަށް އޮޑިޓްކުރުމަށް 10،000އަށް ވުރެ ގިނަ ޕްރޮގްރާމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ޖުމްލަ 6،830 ފޯމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.

މިއީ ރާއްޖޭގައި ކުރިއަށްގެންދާ މަތީ ތައުލީމާއި ތަމްރީން ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމަށް ހިންގާ އޮޑިޓްތަކެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުތައް ފޯރުކޮއްދޭ މަރުކަޒުތައް ބަލައި ޗެކްކުރުމާއި، އެ މަރުކަޒުތަކުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގެ ފެންވަރު ކަނޑައަޅައި، އެ ޕްރޮގްރާމްތައް ކުރިއަށްގެންދަނީ ގަވާއިދާއި ގާނޫނާއި ހަމަތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެމްކިއުއޭއިން މިހާރުވެސް ކުރަމުން ދެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންވަރު ރަނގަޅު މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ފަހިކޮއްދިނުމާއި، ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ހަރުދަނާ ޒުވާނުން ބިނާކުރުމެވެ.

އެ އަމާޒަށް ވާސިލުވުމަށް، އެމްކިޔުއޭ އިން ދަނީ ޕްރޮގްރާމް އޮޑިޓް، ރިކޮގްނިޝަން ވެލިޑޭޝަން ފަދަ އެތައް މަސައްކަތްތަކެއް ކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު