މިއަހަރުގެ މިހާތަނަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ޖޫން މަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ހަފުތާއެެއްގެ ވީކްލީ ރިޕޯޓްތައް ފިނޭންސް މިނިސްޓްރީ އިން ރޭ ވަނީ ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީ އިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން 37 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 28.2 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު 21.4 ބިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 6.1 ބިލިއަން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެެ.
އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 27.7 ބިލިއަން ރުފިޔާއެވެ. މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ އެހާތަނަށް ދަރަނި އަދާކުރުމަށް ވަނީ 2.02 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު ދަރަނި އަދާކުރަން މި މުއްދަތުގައި ޚަރަދު ކުރީ 1.94 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޕީއެސްއައިޕީގެ މަޝްރޫއު ތަކަށް ބަޖެޓުން 7.9 ބިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ޕީއެސްްއައިޕީއަށް ހޭދަކޮށްފައިވަނީ 9.6 ބިލިއަން ރުފިޔާ އެވެެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހާއްސަ ބަޖެޓުންނެެވެ. އެއީ 11 ބިލިއަން ރުފިޔާ އެެވެ. މިއަހަރުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތަކަށް 10 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ހޭދަވީ 8.9 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދިންގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މުސާރައަށް ކުރާ ހޭދަ އިތުރުވެފައި ވަނީ ސިފައިންނާއި ފުލުހުން އަދި ކުރިން މުސާރަ އެއްގޮތް ކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރައަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަރަދުތައް ނިސްބަތުން ހިފެހެއްޓިފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މުޅި ހަރަދަށް އިތުރުވެފައިވަނީ 700 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި އެކު މިއަހަރުގެ ޖުމުލަ ބަޖެޓް ވަނީ 55 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު