އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީން ޙާޞިލްކުރުމަށް އިންޑޮނޭޝިޔާއަށް ދިޔުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ހުޅުވާލައިފިއެވެ.
މި ދަތުރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިންޑޮނޭޝިޔާގެ އެޑޯމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ހަތް ދުވަހުގެ މި ދަތުރަށް، ދަތުރުގައި ބައިވެރިވާ އިމާމުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް އިންޑޮނޭޝިޔާއިން ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އިމާމުންނާއި ޚަޠީބުން އިތުރަށް ތަމްރީންކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު މިހާތަނަށް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު