ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން މަހުގެ އިތުރު ބާވަތްތައް ޗައިނާއަށް ފޮނުވޭނެ ގޮތް ސަރުކާރުން ހަދައިފިއެވެ.
ރާއްޖޭގައި ބާނާ މަހުގެ ބާވަތްތަކުގެ ތެރެއިން މިހާރު ޗައިނާ އަށް ފޮނުވުމުގެ ހުއްދަ ދީފައިވާ ބާވަތްތަކުގެ އިތުރުން އެހެން ބާވަތްތައް މި އެއްބަސްވުމުގެ ދަށުން ފޮނުވޭނެއެވެ.
މި އެއްބަސްވުން ހެދިފައި ވަނީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ދެމެދުގައެވެ.
އެމްއެފްޑީއޭ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އިސްމާއީލް ޒާހިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރ ވޫ ހައިޕިންގެވެ.
މިކަމަކަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރިކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އޭގެ ތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ. ސަފީރު ވަނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމަށް ވެސް ފައިދާކުރާނެ ކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށާއި ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަން ދެގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު