ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 300 މަސްވެރިން ރަޖިސްޓްރީ ވެފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ގައި އެކުލަވާލި މަސްވެރިންގެ ގައުމީ ދަފުތަރުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލަން މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ. މިނިސްޓްރީން ބުނީ ދަފްތަރުގެ ރަޖިސްޓްރޭޝަން އަވަސް ކުރުމަށް މިނިސްޓްރީގެ ޓީމުތައް ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށްގެން ރަޖިސްޓްރީ ކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑާއި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ.
މިފަދަ ދަފުތަރެއް އެކުލަވާލުމުގެ ބޭނުމަކީ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކާ އެއްގޮތަށް ދައުލަތުން ބަލައި ގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މަސްވެރިކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ފިޔަވައި ދެން އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ އެއް މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު