މަރާމާތު ކުރުމަށް ބަންދުކޮށްފައި އޮތް ކޫއްޑޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.
އެ އެއާޕޯޓް ބަންދުކުރީ ރަންވޭ މަރާމާތު ކުރުމަށެވެ.
މިއަދު ހެނދުނު ކޫއްޑޫ އެއާޕޯޓަށް ވަނީ މޯލްޑިވިއަންގެ ބޯޓެއް ޖައްސައިފަ އެވެ.
ކޫއްޑޫ އެއާޕޯޓަށް ވަގުތީ ގޮތުން ގައުމީ އެއާލައިނުން ދަތުރުތައް މެދުކަނޑާލީ މި މަހުގެ ދިހައަކުން ފެށިގެންނެވެ. އެއީ ރަންވޭގެ ހާލަތު ދަށްވުމާ ގުޅިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވީ ރަންވޭ ވަރަށް އަވަހަށް މަރާމާތުކޮށް ނިންމައި ކޫއްޑޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.
އެއާޕޯޓް އަލުން އޮޕަރޭޓުކުރަން ފެށުމާއެކު މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކޫއްޑޫ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ބާއްވާނެ އެވެ. އަދި ރަންވޭގެ މަރާމާތުތަކަށް ފަހު މިއަދު އަލުން މޯލްޑިވިއަންގެ ދަތުރުތައް ކޫއްޑޫއަށް ވަނީ ފަށާފައެވެ.
2012 ގައި ހުޅުވި މި އެއާޕޯޓްގައި ބޮޑެތި ބޯޓުފަހަރާއި ޖެޓްތަކަށް ޖެއްސޭ ފެންވަރަށް ރަމްވޭ ތަރައްގީކޮށް އަލުން ހުޅުވީ 2017 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު