ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ގެވެށި އަނިޔާއާއި ގުޅޭގޮތުން ރާއްޖޭގައި ސިމްޕޯޒިއަމެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްޕީއޭ އިން ބުނީ މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. މި އިވެންޓް ބާއްވަން ނިންމާފައި ވަނީ "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީއެސްއޯ) ސިމްޕޯޒިއަމް" ގެ ނަމުގައި ކަމަށް އެފްޕީއޭ އިން ބުނެއެވެ.

ގެވެށިއަނިޔާއާ ގުޅޭ ސިމްޕޯޒިއަމެއް ބާއްވަން އެފްޕީއޭ އިން ނިންމި އިރު، ގެވެށިއަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ އާންމު ކުށްތަކުގެ ތެރެއިިން އެއް ބާވަތްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް