އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސްވެރިން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ ފާޑުކިޔޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓިކޮރަޕްޝަންގެ ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ އެއްވެސް ފަރާތަކަށް ފާޑުކިޔެން އޮތް ކަމެއް ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން އޭސީސީގެ ފަސް މެންބަރުން އެއް ފަހަރާ ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އޭސީސީ ރަނގަޅަށް ހިނގަންޖެހޭ ކަމަށާއި މިހާރު އެކޮމިޝަނުން ރަނގަޅަށް މަސައްކަތްކޮށް ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރާކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އޭސީސީގެ މެންބަރުން ހިހޫތަނުން ކާލައިގެން އެއްވެސް ކަމެއް ނުކޮށް ތިބެން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ ކަންކަން ހުއްޓޭތަނެއް ނުފެންނަ ކަމަށާއި އަދި މަދުވާތަންވެސް ނުފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ. ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި ނާޖާއިޒު މުއްސަނދިކަން ހޯދުން އިތުރުވެފައިވާކަން ފާހަގަކުރަށްވައި ނާޒިމް ވަނީ އެފްއޭއެމްގެ ރައީސްވެސް ދެ އެޕާޓްމެންޓް ގަނެގެން އުޅުނުއިރުވެސް ކުރެވުނު ކަމެއްނެތް ކަމަށް ވިދާޅުވެފައެވެ.
ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބިލްގައި ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު