މާލޭ އާ ސަހަރާގެ އުސްކޮށް ރާނާފައި ހުރި ވަށައިފާރު ބާވުމުން އެ ފާރު ތަޅާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށައިފާރުން ތަޅާލަމުން ދަނީ އުސްކޮށް ހުރި ބައި ކަމަށާއި، އަދި ފާރު ތިރިކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ކައުންސިލުން ބުނީ އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށައިފާރު ނަގައި، ސަހަރާ ރީތިކޮށް ހުޅުވިފައި އޮންނަ ހިތްފަސޭހަ ސާފުތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އާ ސަހަރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް މިއަދު އެތަނަށް ވަޑައިގަތެވެ.

އާ ސަހަރާގެ ވަށައިފާރު ތަޅާލުމުގެ މަސައްކަތް ފެށި އިރު، އެ ފާރުގެ އެކި ތަންތަނުގައި ހުރީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އަދި މިހާރު ގެންނަ ބަދަލާއެކު އާ ސަހަރާގެ ބޭރުގައި ހުންނައިރު، އެތަނުގެ ގަބުރުސްތާނު ބޭރަށް ފެންނާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް