ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް، އައްޑޫ ސިޓީގެ ފުލުހުންގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕީޖީ ވަނީ ސައުތު ރީޖަން ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް އާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ ކޮމާންޑަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުންނާއި ބައްދަލުކުރައްވާފައެވެ.

ފުލުހުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕީޖީ އާއެކު ބޭއްވި މި ބައްދަލުވުމުގައި، ފުލުހުން ތަހުގީގުކުރާ މައްސަލަތައް ކާމިޔާބުކަމާއެކު ޕްރޮސެކިއުޓް ކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.

އާބާދީބޮޑު އައްޑޫގައި ވެސް ޕީޖީ އޮފީހުގެ ގޮތްޕެއް ހިންގަމުންދާއިރު، މި ގޮތްޕަކީ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް