ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބިފައިވާ ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިންމާލައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް، ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯއްޗެއް އެ ތަންތަނުގެ ވެރިފަރާތާ ހަވާލުކޮށް މިހާރު ނިމިފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ 2 އިން މާލޭ މީހުންނަށް ލިބުނު ގޯތިތައް މި މަހުގެ ނިޔަލަށް ހަވާލުކޮށް ނިންމާނެ ކަމަށެެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭކުން 1380 ގޯތި ދޫކުރުމަށް ސަރުކާރުން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން މާލޭ މީހުންނަށް 1،408 ގޯތި ދޫކުރަން ނިންމިއިރު ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއާއި ގުޅިފަޅު އަދި ގިރާވަރުފަޅުން މާލޭ މީހުންނަށް 9،000 އަށް ވުރެ ގިނަ ގޯތި ދިނުމަށް އޮތީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު