ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު އުޅުއްވާ އެޑްރެސް ނޭނގުމުގެ ސަބަބުން ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވުމުން، އެޑްރެސް ހޯދުމަށްފަހު އަލުން މައްސަލަ ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހައިކޯޓުން ދިން މުއްދަތު ހަމަވިފަހުން މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.
ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން 2013 ވަނަ ސޮއިކުރި މައްސަލާގައި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުގައި ޖިހާދުގެ މައްޗަށް ކުރި ދައުވާގައި ދަށު ކޯޓުން ވަނީ އެއީ ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ މިދިޔަ މަހުގެ 25 ގައި މައްސަލަ ބޭރުކޮށްލާފައެވެ.
އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރިނަމަވެސް، ޖިހާދު އުޅުއްވާ އެޑްރެސް ޔަގީން ނުވުމުން ޗިޓު ހަވާލު ނުކުރެވިގެން މައްސަލަ އޮތީ ކުރިއަށް ނުގެންދެވިއެވެ. އަދި އެޑްރެސް ހޯދުމަށްފަހު މައްސަލަ އަލުން ހުށަހަޅަން ހައިކޯޓުން ޕީޖީއަށް އޮތީ 15 ދުވަސް ދީފައެވެ.
ނަމަވެސް، ޕީޖީއަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުނީ ދިން މުއްދަތުގެ 2 ދުވަސް ފަހުންނެވެ. އެހެންކަމުން، ކޯޓުން މިއަދު ނިންމީ ދިން މުއްދަތުގެ ފަހުން މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ނުގަތުމަށެވެ.
މި މައްސަލަ މިގޮތަށް ނިމުމުން ދެން އެކަމުގައި ކުރިއަށް ދާނެގޮތެއް ޕީޖީ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު