މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރުނީ ތިލަދުންމަތީ އުތުރުބުރިން ފެށިގެން ކޮޅުމަޑުލާ ހަމައަށެވެ. އެގޮތުން މިރޭ 20:00 އިން ފެށިގެން ދަންވަރު 2:00 އާ ހަމައަށް މެޓުން ވަނީ ސަމާލު ނެރެފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލުގައި މެޓުން ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް