ގުޅިފަޅުން އިތުރަށް ހިއްކަން މި ސަރުކާރުން ނިންމި ބިން ހިއްކުމުގެ މަސައްކަތް، ފައިސާ ހަމަނުޖެހިގެން ނުފެށިވާކަމަށް ސަރުކާރުން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ގުޅިފަޅުން ކުރީ ސަރުކާރުން ވަނީ 150 ހެކްޓަރުގެ ބިން ހިއްކަން ފަށާފައެވެ.
އެ މަސައްކަތް ނިމުމަކަށް ދަނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
އިތުރަށް ހިއްކަން ނިންމި 85 ހެކްޓަރު ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ، އެމްޓީސީސީއާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރަން ނިންމީ ފަންޑު ލިބޭނެކަމަށް ބަލައިގެން ކަަމަށާއި ނަމަވެސް މިހާތަނަށް އެކަމަށް ބޭނުންވާ ފަންޑު ހަމަޖެހިފައި ނުވާކަމަށެވެ.
އެހެންކަމުން އެ މަސައްކަތް އަދި ފެށިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަމާޒަކީ އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން ވެސް ފައިސާ ހޯދައިގެން ބިން ހިއްކުމުގެ މަސައްކަތް ފެށުން ކަމަށެވެ.
މި މަސައްކަތަށް ފައިސާ ހަމަޖެހިފައި ނުވާއިރު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި ޕްރޮޖެކްޓްތަކަށް ފައިސާ ހަމަނުޖެހުމުގެ ސަބަބުން ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ނުފެށިއެވެ.
މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ލިބުނީ 23 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު