ތިލަމާލެ ބުރިޖޫގެ 45.8 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ބުރިޖުގެ 45.82 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާ ބާރުމިނުގައި ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބުރިޖުގެ މަސައްކަތުގެ ތެރެއިން ބައެއް މަސައްކަތްތައް ބޭނުންވާ ބާރުމިނުގައި ނުދާ ކަމަށާއި އޭގެ ތެރޭގައި ޑީޕް ސީ ޕައިލިންގެ މަސައްކަތް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައެއް ކަންކަން ބޭނުންވާ އަވަސްމިނުގައި ނުގެންދެވޭކަމުގެ ކަންބޮޑުވުންތައް ކޮންޓްރެކްޓަރުންނާ ހިއްސާކޮށް ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ލަސްކުރުމަށް އިތުރު މުއްދަތު ނުދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ މި ބުރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބުރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.
ތިލަމާލެ ބުރިޖުގެ މި މަޝްރޫއުއަކީ ހަތް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އިންޑިޔާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ދިވެހި ސަރުކާރުން ޚަރަދުކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު