ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ނިމިގެން ދިޔަ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ މަހު ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހަތަރު ހާސް ފްލެޓް ލިބޭ މީހުންގެ ލިސްޓު ނިމިގެން ދިޔަ ސަރުކާރުން އާންމުކުރީ ވެރިކަން ނިމެން ދެތިން ދުވަހަަށް ވެފައި އޮއްވަ އެވެ.
ނަމަވެސް އެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފައި އޮއްވައި އޭގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަަލަ އެންޓި ކޮރަޕްޝަން އޮތީ މައްސަލަ ހުށަހަޅައިފަ އެވެ.
އަދި އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުަލަވާލި "ހައުސިންގ އެޑްވައިޒަރީ ކޮމެޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގ ކޮންސަލްޓިވް ކޮމެޓީ" އިން ވެސް އެ ސްކީމްގެ ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނަ ކަމަށް އޮތީ ނިންމައިފަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި އެކަންކަމަށް ރިއާޔަތްކޮށް ބުނީ ފްލެޓަށް އެދި ހުށައެޅި ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި އެ މަސަައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދަނީ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ މަހުގެ ދެވަނަ ހަފްތާގައި އާންމުކުރަން ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު