ޕީއެންސީއަށް ލިބެމުންދާ ކާމިޔާބީތަކުގެ އަސްލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝިޕާއި ބާއްވާ ޚާއްސަ ގުޅުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް ފާއިތުވި ދެދުވަހުގެ ތެރޭގައި މާލެއިން ސޮއި ކުރި މީހުންގެ ފޯމްތައް ޕާޓީ އާއި ހަވާލު ކުރަން ރޭ ޕީއެންސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ޕާޓީގެ ކާމިޔާބީގެ ސިއްރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ޕާޓީގެ ލީޑަރޝިޕާއި އެކު ބާއްވާ ޚާއްސަ ގުޅުން ކަމަށެވެ.
އަބުދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ ޕާޓީގެ މެމްބަރުންނާއި ގުޅިވަޑައިގެން ކަމަށެވެ. އަދި ގައުމާއި ގުޅޭ މުހިންމު ނިންމުތައް ނިންމެވުމުގެ ކުރިން ޕާޓީގެ ލީޑަރ ޝިޕާއި ޕާލިމެންޓްރީ ގުރޫޕްގެ މަޝްވަރާ ހޯއްދަވައި ކެބިނެޓްގައި އެކަމަކާއި މެދު ފުޅާ ދާއިރާއެއްގައި ރައީސް މަޝްވަރާކުރަށްވާ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕީއެންސީން މިއަދު ހޯދަމުންދާ ކާމިޔާބީތަކުގެ އަސްލު ސަބަބަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު، ހަމައެއާއެކު ސިޔާސީ ޕާޓީގެ ނިޒާމަކީ ކޮބައިކަން އެނގިވަޑަައިގެން ހުންނަވައި ސިޔާސީ ޕާޓީއަކުން ވެރިކަން ކުރަށްވާއިރު ޕާޓީ އާއި ސަރުކާރާއި އޮންނަން ޖެހޭ ގުޅުމަކީ ކޮބައިކަން ރަނގަޅަށް ދެނެވަޑަައިގެން މަޝްވަރާގެ ރީތި އުސޫލު އިސްކުރަށްވައިގެން އަދި ޕާޓީގެ ލީޑަރޝިޕާއި ޕާލިމެންޓްރީ ގުރޫޕާއި އެމަނިކުފާނު ބާއްވަވާ ވަރުގަދަ ގުޅުން އެއީ މިއަދު ޕާޓީން ހޯދަމުންދާ ކާމިޔާބީތަކުގެ އަސްލު ސަބަބަކީ،" ޕީއެންސީ އަކީ އެންމެ މެމްބަރުން ގިނަ ޕާޓީ އަށް ހެދިއްޖެ ކަން ހާމަކުރަށްވައި އަބުދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ މީގެކުރިން އަބަދުުވެސް ފެންނަނީ ވެރިކަމަށް އައުމަށް ފަހު ވެރިން ޕާޓީ ދޫކޮށްލައި، ހަމައެކަނި ވަކި ބަޔަކު ގޮވައިގެން އުޅޭތަން ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަކީ ޕީއެންސީގެ އެއްވެސް މެމްބަރަކު ބާކީ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ ޕާޓީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި ސަރުކާރު ހިންގުމުގައި އެ ސަރުކާރަށް ފަސޭހަކޮށްދިނުމަކީ ވެރިކަން ކުރާ ޕާޓީން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އަދި އެއީ ވެރިކަން ކުރާ ޕާޓީގެ މަސްއޫލިއްޔަތެއް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީގެ ކުރިއަކުން ނުފެނޭ ޕާޓީ ނިޒާމަށް ވެރިކަން ކުރެއްވި ތަނެއް. ވެރިކަމަށް އާދެވޭ ހިސާބުން ޕާޓީ ގެެއްލޭތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އެ ހިސާބުން ދެން ޕާޓީއެއް ނޯވޭ. ދެން ވަނީ އެއީ ވެރިކަމުގައި ހުންނަ މީހަކާއި އޭނާގެ ގާތްމީހުންގެ އެއްޗަކަށް ސަރުކާރުވެފައި އޮންނަނީ. އޭގެ ބަދަލުގައި ރައީސް މުޢިއްޒު ޚިޔާރުކުރެއްވީ ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް ޕާޓީ ނިޒާމަށް ވެރިކަން ކުރާ ތަންތާގައި ވެރިިކަމުގެ ކަންތައްތައް ކުރަށްވާ ގޮތް." އަބުދުއްރަޙީމް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަށް މާލެސިޓީގައި ކުރިޔަށް ގެންދެވުނު ހަރަކާތުގައި ޕާޓީ އާއި ގުޅިވަޑައިގަތް ގިނަ އަދަދެއްގެ މެންބަރުންގެ ފޯމު ހަވާލުކުރުމަށް މިރޭ ޕާޓީ އޮފީހުގައި ކުރިޔަށް ގެންދެވުނު ފޯރިގަދަ ހަރަކާތުގެ ތެރެއިން.#MembershipDrive #DhiveheengeRaajje… pic.twitter.com/eUOK0bRLEg
— PNC Secretariat (@pnc_secretariat) October 27, 2024
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ޕީއެންސީން މިއަދު ހޯދަމުންދާ ކާމިޔާބީތަކުގެ އަސްލު ސަބަބަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު، ހަމައެއާއެކު ސިޔާސީ ޕާޓީގެ ނިޒާމަކީ ކޮބައިކަން އެނގިވަޑަައިގެން ހުންނަވައި ސިޔާސީ ޕާޓީއަކުން ވެރިކަން ކުރަށްވާއިރު ޕާޓީ އާއި ސަރުކާރާއި އޮންނަން ޖެހޭ ގުޅުމަކީ ކޮބައިކަން ރަނގަޅަށް ދެނެވަޑަައިގެން މަޝްވަރާގެ ރީތި އުސޫލު އިސްކުރަށްވައިގެން އަދި ޕާޓީގެ ލީޑަރޝިޕާއި ޕާލިމެންޓްރީ ގުރޫޕާއި އެމަނިކުފާނު ބާއްވަވާ ވަރުގަދަ ގުޅުން އެއީ މިއަދު ޕާޓީން ހޯދަމުންދާ ކާމިޔާބީތަކުގެ އަސްލު ސަބަބަކީ،" ޕީއެންސީ އަކީ އެންމެ މެމްބަރުން ގިނަ ޕާޓީ އަށް ހެދިއްޖެ ކަން ހާމަކުރަށްވައި އަބުދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ މީގެކުރިން އަބަދުުވެސް ފެންނަނީ ވެރިކަމަށް އައުމަށް ފަހު ވެރިން ޕާޓީ ދޫކޮށްލައި، ހަމައެކަނި ވަކި ބަޔަކު ގޮވައިގެން އުޅޭތަން ކަމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަކީ ޕީއެންސީގެ އެއްވެސް މެމްބަރަކު ބާކީ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ ޕާޓީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި ސަރުކާރު ހިންގުމުގައި އެ ސަރުކާރަށް ފަސޭހަކޮށްދިނުމަކީ ވެރިކަން ކުރާ ޕާޓީން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އަދި އެއީ ވެރިކަން ކުރާ ޕާޓީގެ މަސްއޫލިއްޔަތެއް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީގެ ކުރިއަކުން ނުފެނޭ ޕާޓީ ނިޒާމަށް ވެރިކަން ކުރެއްވި ތަނެއް. ވެރިކަމަށް އާދެވޭ ހިސާބުން ޕާޓީ ގެެއްލޭތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އެ ހިސާބުން ދެން ޕާޓީއެއް ނޯވޭ. ދެން ވަނީ އެއީ ވެރިކަމުގައި ހުންނަ މީހަކާއި އޭނާގެ ގާތްމީހުންގެ އެއްޗަކަށް ސަރުކާރުވެފައި އޮންނަނީ. އޭގެ ބަދަލުގައި ރައީސް މުޢިއްޒު ޚިޔާރުކުރެއްވީ ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް ޕާޓީ ނިޒާމަށް ވެރިކަން ކުރާ ތަންތާގައި ވެރިިކަމުގެ ކަންތައްތައް ކުރަށްވާ ގޮތް." އަބުދުއްރަޙީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު