ތާހިރުކޮށްވެރިކަމެއް ކޮށްދޭން އެނގިވަޑައިނުގަންނަވާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހަތަށް ޖެހިވަޑައިގަތުމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ގޮވާލައްވައިފިއެވެ.
ފައްޔާޒު މިކަމަށް ގޮވާލެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމާއި ގުޅިގެންނެވެެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ އެތެރެ ނުފެންނަ ވޯޓު ފޮއްޓާ، ކުޑަކާފު ބޮޑުކާފު ކިޔައިގެން ރައްޔިތުންގެ ވޯޓުގައި ބަނޑުއެޅުވޭނެ ޒަމާނެއް ދެން ރާއްޖެ އަށް ނުގެނެވޭނެ ކަމަށެވެ. އަދި ކޮރަޕްޝަން ބަލާ މީހުންނަށް ޅިޔަނުންގެ އޮފީސް އޮފީހަށް ވަނުން މަނާކުރެވޭ ދައުރެއްވެސް ދެން ދިވެހީން ނުދެކޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ރީތިކޮށް ތާހިރުކޮށް ވެރިކަމެއް ކޮށްދޭން އެނގިނުލައްވަންޏާ ފަހަތަށް ޖެހިލައްވާ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލްގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު